ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ފުރާ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލުކުރުމާއި އެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

2018 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާއި ހަވާލުވަޑައިގެންފަހުން، ނައިބު ރައީސް ފައިސަލް ނަސީމް ދަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ހާލުބައްލަވާ، ރަށުގެ ހާލަތު ވަރަށް ގާތުން ބައްލަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.