މަސްވެރިންނަށް ޑީސަލް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން މިކަން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ އުސޫލު ފިޝަރީޒް މިނިސްޓްރީން އާއްމު ކޮށްފި އެވެ. 

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި ވާގޮތުން، އުޞޫލުގެ ދަށުން ޑިއުޓީ ފްރީ ޑީސަލް ވިއްކާނީ މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުނޅަދުތަކަށް އެކަންޏެވެ. އެޕްލިކޭޝަނެއް މެދުވެރިކޮށް މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މި އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް މި ޖޫންމަހުގެ ތެރޭގައި މިފްކޯއާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ މަސްވެރި އުޅަނދުފަހަރު މަސްވަރިކަމުގެ ލައިސަންސް ނަގަން ޖެހޭ އިރު، ޑީސަލް ސަޕްލައިކުރައްވާ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާނަމަ، މިނިސްޓްރީން ދޫކުރާ ހާއްސަ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.

އެޕްލިކޭޝަން ފޯމާއި މަސްވެރިކަމުގެ ލައިސަންސަށް އެދޭ ފޯމް ފިޝަރީޒް މިނިސްޓްރީގެ ވެބް ސައިޓުންނާއި، މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ ކަނޑާލަން ނިންމައި، ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *