ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށް، ޑޭޓާ އާއި މީހުންނަށް ގުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގުން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާތަށް މާފަށް އެދިފައެވެ.