ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތައް ބެލުން އާއްމުކޮށް ހުޅުވައިލައިގެން ބޭއްވުމަށް ނިންމައިފިއެވެ.
ޖޭއެސްސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދީދީގެ ތަހުގީގު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އާންމުކޮށް ހުޅުވާލެވިގެން ކަމަށެވެ.
ޖޭއެސްސީން ކުރި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ މާދަމާ ހެނދުނު 10:00 އަށް ދަރުބާރު ގެއަށް ހާޒިރުވުމަށް މިހާރު ފަނޑިޔާރު އަބްދުﷲ ދީދީއަށް ވާނީ ޗިޓް ފޮނުއްވާފައި ކަމަށެވެ.
ދީދީގެ މަައްސަލައާއި ގުޅިގެން ސްޕްރީމް ކޯޓާއި ޖޭއެސްސީ އަދި އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި މެދު ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.