ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދެވި ބިލް މަޖިލީހަށް ހުށަހެޅުއްވީ، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.
އެބިލް މިއަދު މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި، 67 މެންބަރުންގެ ވޯޓުންނެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލްގައި ބުނާ ގަވައިދުތައް އެ ކޮމިޝަނެއް އެކުލަވާލާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަދައި އާންމު ކުރަން ބުނެފައިވާ އިރު، ބިލް ގާނޫނަކަށްވެ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އެއަށް އަމަލު ކުރަން ވާނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.
އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުގައިވެ އެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅުމުގެ ބާރު ކޮޮމިޝަނަށް ވަނީ ދީފައެވެ.