އިންޑިއާގެ ޗެންނާއީގައި ދިރިއުޅޭ މީހުން ފެނަށް ޖެހިއްޖެއެވެ.

އިންޑިއާގެ ދެކުނުގައި އޮންނަ ޗެންނާއީގައި ދިރިއުޅެމުންދާ މީހުން، ފެނަށް ޖެހުނީ އެ ސިޓީއަށް ވިއްސާރަނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުންނެވެ.

އެ ސިޓީގައި ސަރުކާރުން ގާއިމުކޮށްދީފައިވާ ފެން ތާނގިތައް ކައިިރިއަށް، އެ ސިޓީގައި ދިރުއުޅޭ މީހުން އެއްވުމުގެ ސަބަބުން، ފެން ތާނގިތައް ދޮށުގައި ވެސް ވަނީ ބޮޑެތި ކިއޫތައް ހަދާފައެވެ.

އެ ސިޓީއަށް ޖެހިފައިވާ ފެނުގެ ދަތިކަމުން އަރައިގަތުމަށް، ބައެއް ހޮޓެލްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އޭސީތައް ނުޖެއްސުމަށް ވެސް އެ ސީޓިގެ މީހުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޗެންނާއީއަށް ފެން ސަޕްލައިކޮށްދޭ ރިޒަވަޔާތަކުން ފެން ހުސްވެ، ބިމުގެ ފެން ފަށަލައިން ވެސް ވަނީ ފެން ވަރަށް މަދުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ޗެންނާއީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް، ވާރޭނުވެހާ ހިނދެއްގައި ހައްލެއް ހޯދުމަކީ އުނދަގޫ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *