ކ.ތުލުސްދޫގައި ހުރި 30 އަހަރުގެ ބިދޭސީއަކު ހާލު ދެރަވެގެން އެމްއެންޑީއެފްގެ އެހީގައި މާލެ ގެނެސްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، ކ.ތުލުސްދޫގައި އޮތް އަވަސް ފަރުވާއަށް ބޭނުންވާ ބިދޭސީއެއް މިއަދު ހެނދުނު 11:00 ހާއިރު، މާލެ އޭރިއާ ކޯސްޓް ގާޑުގެ ސިފައިންގެ އެހީގައި މާލެ ގެެނެސްދީފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާގެ ހާލު ދެރަވީ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުން އަވަސް ފަރުވާއަށް ބޭނުންޖެހިފައި ތިބި މީހުން މާލެ ގެނެސްދީފައެވެ.