އެކްޝަން ސީކުއެންސްއަަކަށް ޝޫޓް ކުރަމުން ދަނިކޮށް، އަތުގެ މަސްގަނޑަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށްފަހު، ކުޅަދާނަ ބަތަލު ޖޯން އަބްރަހަމް "ޕާގަލްޕަންތީ" ގެ ޝޫޓިންތަކުގައި އަނބުރާ ބައިވެރިވެއްޖެއެވެ.

މިއަންނަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ، ފިލްމު "ޕާގަލްޕަންތީ" ގެ ޝޫޓިންތަކުގައި ޖޯން ބައިވެރިވި ނަމަވެސް އޭނާގެ އަތަށް ލިބުނު އަނިޔާތަކަށް އެއްކޮށް އަދި ފަރުވާއެއް ނުލިބިއެވެ. ޑޮކްޓަރުގެ ލަފައާއިއެކު އެއްވެސް މަަސައްކަތެއް ނުކޮށް އަރާމުކުރުމަށްފަހު، ޖޯން އަބްރަހަމް ޝޫޓިންތަކުގައި ބައިވެރިވީ، އެ ފިލްމުގެ ޝޫޓިންތައް ވީހާވެސް އަވަހަކަށް ނިންމާލަން އޭނާ ބޭނުންވާތީއެވެ. 

"ޕާގަލްޕަންތީ"ގެ ޝޫޓިންތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. ފިލްމުގެ ޓީމުން ލަފާކުރާ ގޮތުގައި، ބާކީ ދެން ހުރި ޝޫޓްތައް 12 ދުވަސް ތެރޭގައި ނިންމާލެވޭނެއެވެ.

"ޕާގަލްޕަންތީ"ގެ ލީޑްރޯލުން ޖޯންގެ އިތުރުން، އިލިއާނާ ޑިކުރޫޒް، އަނިލް ކަޕޫރް، ކްރިތީ ކާބަންޑާ، ޕްލްކިތް ސަމްރަޓް އަދި އަރްޝަދް ވަރްސީ ފެނިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *