އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް، ސަރުކާރުން ހިންގާ މަޝްރޫއުއަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ފަށައިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އައްޑޫސިޓީ  އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު އިތުރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ،  އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ތެރެއިން 200 މިލިއަން ޑޮލަރު އައްޑޫގެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުއަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅި ބައެއް ޕްރޮޖެކްޓުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވަމުން މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ، ފެނާއި ނަރުދަމާ އާއި މަގު ހެދުމުގެ މަސައްކަތްތައް މިހާރު ވެސް ބީލަމުގެ ތެރެއިން މީހުންނާ ހަވާލު ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *