ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން ގޯސް ކަމަށް ބުނެ،  ސުލޫކީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވަނީ ޝަރުއީ ކޯޓުތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ކޯޓުގެ އެއްވެސް މަރުހަލާއެއްގައި އިޖުރާއީ ގޮތުން ވިޔަސް ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ ސުލޫކީ މައްސަލަ ބަލައި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެ ފަނޑިޔާރަކު ޖަވާބުދާރީ ނުކުރުވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓްގެ އަމުރުގައި އިތުރަށް ބުނެފައިވަނީ، އެ ނިންމާފައިވާ ނިންމުމެއް ބަދަލުކުރުމަށް ނުވަތަ ބާތިލްކުރުމަށް ނުވަތަ އެ ނިންމުމަކާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުންތަކާ ތަފާތުކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއް ނެތް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެހެން ބުނެފައިވާއިރު، ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރައްވާފައެވެ. އަަދި ރޭ ވަނީ ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ހާޒިރުކުރައްވައި ސުވާލުވެސް ކުރައްވާފައެވެ.

ޖޭއެސްސީން ވަނީ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ހުށަހާޅާފައިވާ ކަމަށް މިއަދު ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *