2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕާއި ގުޅުންހުރި ކޮރަޕްޝަން މައްސަލައެއްގައި ޔުއެފާގެ ކުރީގެ ރައީސް އަދި ފްރާންސްގެ ލެޖެންޑް މިޝޭލް ޕްލެޓިނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބެލެވޭގޮތުގައި، އުމުރުން 63 އަހަރުގެ ޕްލެޓިނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިމިވަނީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މުބާރާތުގެ ބިޑް އެގައުމަށް ކާމިޔާބުކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭތީވެއެވެ.

2007 އިން 2015 އަށް ޕްލެޓިނީ ވަނީ ޔުއެފާގެ ރައިސްގެ މަގާމް އަދާކޮށްފައެވެ. ނަމަވެސް، ޕްލެޓިނީގެ އިތުރުން ފީފާގެ ކުރީގެ ރައިސް ސެޕް ބްލެޓާ މި ވަގުތު ހުރީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ.

އެގޮތުން، ޕްލެޓިނީ އަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިއަން ޕައުންޑަކީ 1998 އިން 2002 ވަނަ އަހަރާއި ހަމައަށް އޭނާ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް އެކަން އެއްވެސް އެއްބަސްވުމަކުން ފެންނާކަށް ނެތެވެ. އެ މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑްކުރުމަށެވެ.

ޕްލެޓިނީ އަށް 2015 ވަނަ އަހަރު ފުރަތަމަ އައީ 8 އަހަރުގެ ސަސްޕެންޝަނެކެވެ. އެހެން ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *