މާފަންނުގައި ހުރި ގެސްޓް ހައުސްއެއްގައި ދިވެހި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
"ޖަޒީރާ ނިއުސް" އަށް ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ވިދާޅުވީ، މިއަދު މެންދުރު 12:18 ހާއިރު އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ގެސްޓް ހައުސް ތެރޭގައި ނިޔާވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ފުލުހުން ވިދާޅުވީ، އެމީހާ ނިޔާވެފައިވަނީ އަނގައިން ފޮނުތަކެއް ނިކުތުމަށް ފަހުގައި ކަމަށެވެ. ފުލުހުން އެމީހާ އައިޖީއެމްއެޗް އަށް ގެންދިޔަ ކަމަށާއި އަދި މިހާރު އެ ސަރަހައްދުގައި ހަރަަކާތްތެރިވަމުން ދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.