2017 ވަނަ ދޮންދަރިއަށް، ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކޯޓުން ކުރި 15 އަހަރުގެ ޖަލުގެ ހުކްމު ބާތިލު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ދޮންދަރިއާއި ބެހުނު މައްސަލާގައި، ލ. އަތޮޅުގެ މެޖިސްޓްރޭޓު ކޯޓުން މީގެ ދެ އަހަރު ކުރިން އެ މިހާގެ މައްޗައް ކުރި 15 އަހަރުގެ ޖަލު ހުކުމް ވަނީ ހައި ކޯޓުން އިސްތިއުނާ ކޮށްފައެވެ.
އެމީހާގެ މައްޗަށް ކުރި 15 އަހަރުގެ ޖަލު ހުކްމު އިސްތިއުނާފު ކުރީ، އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ބުނެއެވެ.
އެ މައްސަލަ ބެލުމަށް އިއްޔެ މަޖިލީހުގެ ޖެންޑަރ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ވަނީ ނިންމާފައެވެ.
އެމިހާގެ މައްޗަށް ކޮށްފައިވާ 15 އަހަރު ދުވަހުގެ ޖަލް ހުކުމް އިސްތިއުނާފު ކުރެއްވީ، އެމައްސަލަ ބެއްލެވި، ތިން ފަނޑިޔާރުން ކަމަށްވާ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުންނެވެ.