ޗައިނާގެ ހުޅަނދު ދެކުނުގެ ޔިބިން ސިޓީއަށް 6.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހުލެމެއް އައިސް، 12 މީހުން މަރުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޗައިނާގެ ސިޗުއަން ޕްރިވިންސްއަށް ވަނީ 5.1 މެގްނިޑިއުޓްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އެ ބިންހެލުންތަކުގައި ވަނީ 70 އަށްވުރެ ގިނަ ގެ ބިމާއި އެއްކޮށް ހަމަވެފައެވެ. އަދި މީގެއިތުރުން، 134 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އެސަރައްދުގައި މިހާރު ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން ދާއިރު، 8 ވަރަކަށް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ޔިބިން ސިޓީއަށް އައި ބިންހެލުމުގައި ވަނީ، ގިނަ ހައިވޭތަކެއްގައި ރެނދުލާފައެވެ. އަދި ޒިންހުއާގެ ހޮޓަލެއް ވަނީ އެއްކޮށް ބިމާއި ހަމަވެފައެވެ.