ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅަން، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން، މަޖިލީހުގެ ތަޅުމަށް ހުށަހެޅި މައްސަލަ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖުޑީޝާރި ކޮމެޓީއަށް ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް، އެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ބިނާ ކޮށް، އެ ކޮމެޓީން ވަނީ ރިޕޯޓެއް އެކުލަވައިލާ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާފައެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން މަޖިލީހަށް ހާޒިރުވި މެމްބަރުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި، 64 މެމްބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.

މިއަދު ޖަލްސާގައި ޖުޑީޝަރީ ކޮމެޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް މެމްބަރުން ވަނީ ބަހުސް ކޮށްފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި  އެ ރިޕޯޓްގައި ބުނެފައިވަނީ،  ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފައި ކަމަށާއި އަދި، މިމަހުގެ 12 ވަނަ ދުވަހު ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ޖޭއެސްސީގެ އެ ނިންމުމަކީ، ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއް ކަމަށް ކަނޑައަޅަން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ވަނީ އެ ރިޕޯޓަށް ސުޕްރީމް ކޯޓުން އިއްޔެ ނުރެނު އަމުރަކީ ރަނގަޅު އަމުރެއް ނޫން ކަމަށް ނިންމުމަށް ހުށަހެޅި ހުށަހެޅުން ވެސް ވަނީ ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *