ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިން އުދުވާނީ ހަމާލާ ދިނުމުގައި އިސްކޮށް ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

ލުތުފީ އިސްކޮށް ހުރެގެން ވަނީ، ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާއިން ކުލީ ސިފައިންގެ ބަޔަކު ރާއްޖެ ގެނެސް ރާއްޖެ އަޅުވެތިކުރުމަށް މަސައްކަތް ކޮށްފައެވެ. ނޮވެމްބަރު 3 ގެ ހަމަލާތަކުގައި ވަނީ 19 ދިވެހިން ޝަހީދުކޮށްލާފައެވެ.

ލުތުފީގެ މައްސަލާގައި ދައުލަތާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

އެއުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި ނަމަވެސް، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައި ވަނިކޮށް ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *