އަންނަ މަހު ބާއްވާ "ފާމް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ ވޯކްޝޮޕް މިއަދު ނިންމާލާއިފި އެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޝެފުންނަށް ހާއްސަކޮށްގެން ބާއްވާ ކެއްކުމުގެ މި އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕުގައި އެގްޒިބިޝަންގެ ބައިވެރިން ތަމްރީނު ކުރުމަށް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި އެގްޒިބިޝަންގައި 22 ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ދިވެހި އެކްސްޕޯ އާއި ސްރިލަންކާގެ ސީޑީސީ އިވެންޓްސް އެންޑް ޓްރެވެލްސް ގުޅިގެން ބާއްވާ މި އެގްޒިބިޝަން އޮންނާނީ މި އަންނަ މަހުގެ 15 އިން 17 އަށް މާލޭގެ ދަރުބާރުގޭގަ އެވެ.
މި ހަރަކާތުގެ މެއިން ސްޕޮންސަރުންނަކީ ލިލީ އިންޓަނޭޝަނަލް އާއި ނެސްލޭ އެވެ.