މޯލްޑިވިއަން އިން ތައިލެންޑްގެ ބެންކޮކަށް 4،903 ރުފިޔާއަށް ދެކޮޅު ޓިކެޓް ހާއްސަ ފެއާއެއްގައި ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ ބެންކޮކަށް ތައާރަފުކޮށްފައިވާ މި ހާއްސަ ފެއާގައި، 318 ޑޮލަރު (ގާތްގަނޑަކަށް 4،903 ރުފިޔާ) އަށް ޓިކެޓު ނަގާ ފަރާތް ތަކުން ޖުލައި މަހުގެ 15 ގެ ކުރިން ދަތުރު ކުރަން ޖެހޭނެ ކަމަށެވެ.

އަދި މި އަގުގައި ޓިކެޓު ނެގުމުން ދަތުރު ކުރާ މީހަކަށް 40 ކިލޯގެ ބެގޭޖު އެލަވަންސެއް ލިބޭނެކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބެންކޮކަށް ހާއްސަ ފެއާރއެއް ތައާރަފްކޮށްފައިވާއިރު، އެ އެއަރލައިންއިން ވަނީ ނިމިދިޔަ ފިތުރު އީދާއި ދިމާކޮށް އިންޑިއާގެ ޗެންނާއީއަށްވެސް ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.

މޯލްޑިވިއަން އަކީ ރާއްޖޭގެ ހުރިހާ މަންޒިލަކަށް ދަތުރުކުރާ ހަމައެކަނި އެއަރލައިންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *