އިއްޔެ ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގެ މިއަދުގެ ދަންފަޅި ހާއްސަކޮށްފައިވަނީ ޝަރުއީ ދާއިރާއަށް އަދި ޕްރައިވެޓް ސެކްޓާއަށެވެ.

ޕާޓްނަރޝިޕް ފޯރަމުގައި މިއަދު ކުރިއަށް ގެންދާ ދަންފަޅީގައި، ހެނދުނު ސެޝަންގައި އިސްލާމިކް މިިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާއިލް އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު ހަމީދު ބައިވެރިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައެވެ.

މިއަދު މެންދުރު ފަހު، އޮންނަ ސެޝަންގައި ވިޔާފާރީގެ ދާއިރާގެ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެއެވެ. ބައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދެދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕާޓްނަރޝިޕް ފޯރަމުގައި 35 ގައުމަކުން 135 އަކަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *