ބޮލީވުޑްގެ ކުޅަދާނަ ބަތާލަ ކްރިތީ ސެނަން، އޭނާގެ ގާތް އެކުވެރިންނާއިއެކު ރާއްޖޭގެ ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ކްރިތީ ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ދައްކުވައިދޭ ގިނަ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ.

ކްރިތީ ސެނަން އަކީ އަބަދުވެސް ޗުއްޓީ ހޭދަކުރަން އެކި ގައުމުތަކަށް ޒިޔާރަތްކުރާ ތަރިއެކެވެ. މިދިޔަ މަހު ކްރިތީ ޗުއްޓީ ހޭދަކޮށްފައިވަނީ ތުރުކީގައެވެ.

ކްރިތީ ސެނަން އޭނާގެ އެކުވެރިންނާއިއެކު ޗުއްޓީ ހޭދަކުރަމުން ދަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓް ގައެވެ.

ކްރިތީ ވަނީ އޭނާގެ ސަޕޯޓަރުންނަށް، ރާއްޖޭގައި އެކުވެރިންނާއިއެކު މަޖާކުރާ މަންޒަރުތަކުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށްފައެވެ.

ކްރިތީ ސެނަން އެންމެ ފަހުން ފެނިގެންދިޔައީ "ލުއްކާ ޗުއްޕީ" އިންނެވެ. އެ ފިލްމުގައި ކްރިތީ ދައްކުވައިދިން އެކްޓިންއަށް ވަނީ ގިނަ ބަޔަކު ތައުރީފް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *