ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާ މައްސަލަތައް އަވަސް ކުރަން އެ ކޮމިޝަންގެ ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އިއްޔެ ނިންމައިފި އެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އިސްލާހު ގެންނަން ނިންމީ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާއަށް ކަމަށާއި, އެ އިސްލާހު ގެންނަން ނިންމީ ޖޭއެސްސީ އަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމަން ކަމަށެވެ.

އެ އިސްލާހާއި އެކު އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަަކަކީ ބެލޭނެ މައްސަލަތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކޮމިޝަނުގެ ވަކީލުން އެކުލަވައިލާ ފުރަތަމަ މަރުހަލާގެ ރިޕޯޓް ހަދާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ކޮމިޝަނުން ބަލަންޖެހޭ ބާވަތުގެ މައްސަލައެއް ނަމަ، ވަގުތުން ތަހުގީގު ކޮމިޓީއަކާ އެ މައްސަލައެއް ހަވާލު ކުރެވޭނެ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ

ޖޭއެސްސީގެ ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އެ ކޮމިޝަނުން ނިންމިއިރު، އެ ކޮމިޝަނުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލައި، ތަހުޤީޤަށް ފަނޑިޔާރު ދީދީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *