ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް މިރޭ 23:00 ހާޒިރުކޮށްފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީއަށް ޖޭއެސްސީއަށް ހާޒިރުވާން ފުރަތަމަ އެންގީ މިރޭ 22:00 ގައި ކަމަށާއި ނަމަވެސް ފަހުން، ފަނޑިޔާރު ދީދީ އިތުރު ވަގުތު ދިނުމަށް އެދުމުން 23:00 އަށް ގަޑި ބަދަލުކުރި ކަމަށެވެ.
މިރޭ ފަނޑިޔާރު ދީދީ އެ ކޮމިޝަނަށް ހާޒިރުކުރީ، އެބޭފުޅާއާއި ގުޅޭ ދެ ސުލޫކީ މައްސަލައެއްގައި ބަޔާން ނެގުމަށެވެ.
ޖޭއެސްސީން ވަނީ، ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް މަސައްކަތަށް ނިކުންނެވުމުގައި، ދީދީގެ ސުލޫކީ މައްސަލައެއް އޮތްތޯ ބައްލަވާފައެވެ.