ކުޅިވަރު
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މި އަހަރަށް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ސީބީއެމް އިން ބަޖެޓު ފާސްކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ބޭއްވުނު އަހަރީ އާންމު ޖަލްސާގަ އެވެ. އެގޮތުން، މިއަހަރުގެ މުބާރާތްތަށް ބޭއްވުމަށް 6,083,440 ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފަ އެވެ.

އަހަރީ އާންމު ޖަލްސާގައި ބަޖެޓު ފާސްކުރުމުގެ އިތުރުން މިދިޔަ އަހަރުގެ ރިޕޯޓު އިއްވުމާއި، އޮޑިޓް ރިޕޯޓު ފާސްކުރުން އަދި ކަލަންޑަރު ފާސްކުރުން ކުރިޔަށް ގެންގޮސްފައިވެ އެވެ. މިހުރިހައި ކަމެއްވެސް ފާސްކޮށްފައިވަނީ ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަހަރަށް ރާވާފައިވާ މުބާރާތްތަކުގެ ތެރޭގައި ސީނިއާ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ހާއްސަ 12 މުބާރާތަކާއި، ޖޫނިއާ 11 މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ޖޫނިއާ މުބާރާތްތައް މާލޭގެ އިތުރުން ފުވައްމުލައް ސިޓީ އާއި ލ. ކުނަހަންދޫގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން، ގިނަ އިންޓަނޭޝަނަލް މުބާރާތްތަކެއްވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވަނީ މިދިޔަ އަހަރު ރާއްޖޭގެ ކްރިކެޓަށް ލިބުނު ކާމިޔާބީތަކަށް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން، ރާއްޖޭގެ ސީނިއާ ޓީމު ތަކާއި، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުތަކުން ބައިވެރިވި މުބާރާތްތައް ފާހަގަކުރަށްވާފައިވެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top