ޝަރީއަަތުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވެ ހުންނަވަނިކޮށް މިސްރުގެ ކުރީގެ ރައީސް، މުހައްމަދު މުރުސީ އަވަހާރަވެއްޖެއެވެ.

މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވަހާރަވެފައިވަނީ، އެބޭފުޅާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވެ ހުންނަވަނިކޮށެވެ.

މުހައްމަދު މުރުސީ އަވަހާރަވެވަޑައިގެންފައިވަނީ، އުމުރުން 67 އަހަރުފުޅުގައެވެ. މުރުސީއަކީ އެމެރިކާއިން ސިވިލް އިންޖީނިއަރިންގް ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ މިސްރުގެ މުސްލިމް ބްރަދަހޫޑް ޕާޓީގެ ލީޑަރެވެ.

މުހައްމަދު މުރުސީ މައްޗަށް މިސްރުގެ ސަރުކާރުން މިފަހަރު އުފުލާފައިވަނީ ޖާސޫސް ކުރަން މަސައްކަތް ކުރިކަމުގެ ދައުވާއެކެވެ. އޭގެ އިތުރުން މުޒާހަރާއެއްގެ ބައިވެރިންތަކެއް މަރާލި ކަމަށް ބުނެ މިސްރުގެ މިހާރުގެ ސަރުކާރުން ވަނީ މުރްސީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މުރުސީ ކޯޓްތެރޭގައި އަވާހަރަވުމުން، މުސްލިމް ބްރަދަހޫޑް ޕާޓީން އަދި މުރުސީގެ ސަޕޯޓަރުން ސަރުކާރާއި ދެކޮޅަށް ނުރުހުން ފާޅުކޮށް ހަމަނުޖެހުންތައް ހިންގާނެއެވެ.

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަވަހާރަވުމާއި ގުޅިގެން، އެންމެ ފުރަތަމަ ތައުޒިޔާކިޔުއްވާފައިވަނީ، ތުރުކީގެ ރައީސެވެ.

މިިދިޔަ އަހަރު ތެރޭގައި މުރުސީ ޖަލުގައި ހުންނަވަނިކޮށް އެބޭފުޅާއަށް ދޭން ޖެހޭ ސިއްހީ ފަރުވާ ރަނގަޅަށް ނުދޭތީ އެބޭފުޅާގެ ސަޕޯޓަރުން ވާނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *