މިއަހަރު ބޭއްވުނު ޓެލެކޮމް އޭސިއާގެ އެވޯޑް ހަފްލާގައި، އުރީދޫ މޯލްޑިވްސްއަށް،  "މޯސްޓް އިނޮވޭޓިވް މޯބައިލް ޕޭމެންޓް އެޕްލިކޭޝަން" އެވޯޑް ލިބިއްޖެއެވެ.

އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން މޯބައިލް ފޯނު މެދުވެރިކޮށް, ފައިސާ ޖަމާކުރުން، ފައިސާ ނެގުން، އެހެން ބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރުމާއި، އަދި ވިޔަފާރި ކުރުން ފަދަ ހިދުމަތްތައް ފަސޭހަ ކަމާއިއެކު ލިބެއެވެ.

މީގެ އިތުރުން އުރީދޫ ވަނީ، "ބެސްޓު އިމާޖިން މާކެޓް އޮޕަރޭޓާ" އެވޯޑާއި "މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް" އެވޯޑާއި އަދި، "މޮސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ"ގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.

ޓެލެކޮމް އޭޝިއާ އެވޯޑަކީ، ޓެލެކޮމް ދާއިރާ އަށް ޚާއްސަކޮށްގެން މި ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަޚުރުވެރި އެއް އެވޯޑެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *