މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް، ފާތިމަތު ޒައިނާ އިންތިހާބުކޮށްފިއެވެ.
ބްރޯޑްކޮމްއިން ބުނީ ޒައިނާ ކޮމިޝަންގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޞަފްވާން، އިސްތިއުފާ ދިނުމާއި ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ކަމަށެވެ.
ފާތިމަތު ޒައިނާއަކީ ކުރިން ބްރޮޑްކޮމްގެ މެމްބަރެކެވެ.
ފާތިމަތު ޒައިނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އެބޭފުޅާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އޮފީހުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ކުރީގައި އެ މަގާމުގައި ހުންނެވި، އިސްމާޢީލް ޞަފްވާން، ވަނީ މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ.