ސަރބިއާގެ މިނިސްޓަރ އޮފް ލޭބަރ، އެމްޕްލޮއިމަންޓް، އަދި ވެޓަރަން އެންޑް ސޯޝަލް އެފެއާޒް، މިސްޓަރ ޒޯރަން ޖޯޖަރވިޗާއި, ޔޫ.އެން.ޑީ.ޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫ އަދި ޔޫ.އެން.އޯ.ޕީ.އެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތައް އޮތީ ކުރުނބާ މޯލްޑިވްސް ގައެވެ.

ސަރބިއާގެ މިނިސްޓަރ އޮފް ލޭބަރ، އެމްޕްލޮއިމަންޓް، އަދި ވެޓަރަން އެންޑް ސޯޝަލް އެފެއާޒާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއިއެކު ރާއްޖޭގެ މަސައްކަތްތެރިންގެ ވެލްފެއާރގެ ކަންކަމަކީ ވެސް އެހާމެ މުހިންމުކަން ދެއްވާ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ހައުލެންގް ޒޫއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.ޑީޕީން، ރާއްޖޭގައި ކުރިޔަށްގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާކަމެއްކަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

ޔޫ.އެން.އޯ.ޕީ.އެސްގެ އ.ދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ވިޓާލީ ވެންޝެބޮއިމާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ޔޫ.އެން.އޯ.ޕީ.އެސްގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަކޮށް ފެނުގެ ރައްކާތެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އެ ޖަމާޢަތުން ވެދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *