ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ސޮވެރިން ގެރެންޓީ ދިނުމާއި ގުޅޭ ގޮތުން ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މެމްބަރުންގެ މެދުގައި އެ ގަރާރަށް ބަހުސްކޮށްފައެވެ. ބަހުސް ކުރުމަށް ފަހު ވަނީ ގަރާރު ފާސްކުރަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް، މެމްބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ލައިފައެވެ.

ސޮވެރިން ގެރެންޓީ ގަރާރު މަޖިލީހަށް ބަލައިނުގަތުމަށް ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވިއެވެ. އެ ގަރާރު ބަލައިގަންނަ ފެންނަ ކަމަށް ވޯޓް ދެއްވީ 15 މެމްބަރުންނެވެ.

މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ކާމިޔާބު ކުރައްވައިގެން ތިއްބެވި އެމްޑީޕީ މެމްބަރުން ވަނީ އެ ގަރާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ބަހުސް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *