އެކުވެރި ގައުމުތަކާއި ގުޅުން ބަދަހިނުކޮށް ތަރައްގީ އެއް ނުގެނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު،  ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ހަަމައެކަނި، ގައުމު އެކަނި ކުރާ މަސައްކަތުން ގައުމެއް ތަަރައްގީ ނުވާނެ ކަމަށާއި، އަދި، އެހެން ކަމުން ރާއްޖެއަށްވެސް ތަރައްގީ އަންނަ އޮތީ، ބޭރުގެ ވިޔަފާރިވެރިންނާއި ވެސް ގުޅުން ބަދަހިކުރީމައި ކަމަށެވެ.

ރާއްޖެއަށް ތަރައްގީގެ ގިނަ ކާމިޔާބީތައް ހާސިލް ކުރެވިއްޖެ ކަމަށާއި ނަމަވެސް ކުރިމަތިވާ ގޮންޖެހުމަކީ އެ ތަރައްގީގެ ފޮނި މީރުކަން، ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފޯރުކޮށް ނުދެވުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް،  ހުރިހާ ރަށަކަށް ތަރައްގީގެ ރަހަ ފޯރުކޮށްދޭނެ ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށް އަންގައިދިނުމާއި ފޯރަމްގެ ތެރެއިން ދޭދޭ ޤައުމުތަކާއި، ރާއްޖޭގެ ތަރައްޤީގެ މައި ޕާޓްނަރުންނާއެކު ދެމެހެއްޓެނެވިގޮތެއްގައި ގުޅުން ޤާއިމުވެގެން ދިޔުމެވެ.

މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު ފޯރަމްގެ ތެރޭގައި ކުރިއަށްއޮތް 5 އަހަރަށް ސަރުކާރުން އެކުލަވާލާ ތަރައްޤީގެ ޕްލޭން ބައިވެރިންނާއި ހިއްސާކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *