ރޯދަ މަހަށް ހާއްސަކޮށް M7 އިން މީސް މީޑިއާގައި ހުޅުވާލި ސުވާލު މުބާރާތުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ރޯދަމަހު M7 ބުކްޝޮޕާއި، M7 ޕްރިންޓްގެ ފޭސްބުކާއި ޓްވިޓާ ޕޭޖް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ސުވާލު މުބާރާތުގެ ނަސީބުވެރިޔަކު ހޮވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ މުބާރާތުގެ ނަސީބުވެރިޔާއަށް ދޭން ނިންމާފައިވަނީ އުމްރާ ދަތުރެކެވެ. އެ އުމްރާ ދަތުރު ލިބިފައިވަނީ ށ. މާއުނގޫދޫ ފާތުމަތު މާޝާއަށެވެ.
M7 އިން ބުނީ އެ ސުވާލު މުބާރާތައް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަަމަށާއި، ކޮންމެ ރަމަޟާން މަހެއްގައިވެސް އެފަދަ މުބާރާތަތައް އެ ބުކްޝޮޕުން ކުރިއަށް ގެންދާނެ ކަމަށެވެ.