މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީގެ) 2018 ވަނަ އަހަރުގެ، އަހަރީ ޖަލްސާ މިމަހު 30 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައިވަނީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި ރޭގަނޑު 21:00 ޖަހާއިރު އެވެ.

އަހަރީ ޖަލްސާގައި ހުސްވި އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް އާއްމުކުރުން ވެސް އޮންނާނެ އެވެ.

އަދި 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރުން އައްޔަން ކުރުމާއި މުސާރަ ކަނޑައެޅުން ވެސް އޮންނާނެ އެވެ. 

މީގެ އިތުރުން އެ ޖަލްސާގައި އެމްޓީޑީސީގެ ހިއްސާދާރުންނަށް ބަހާނެ ފައިދާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތް އަހަރުގެ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑު އައްޔަން ކުރުންވެސް އޮންނާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *