ތިރީސް ފަސް ޤައުމަކުން 130 އަށްވުރެ ގިނަ މަންދޫބުނާއި އެކު މިއަހަރުގެ ޕާރޓްނަރޝިޕް ފޯރަމް 2019 ރާއްޖޭގައި ފަށައިފިއެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފައާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ފޯރަމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އަދި ރައީސް ޞާލިހާއި އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރު ބައިވެެރިވެވަޑައިގެންނެވިއެވެ.

މި ފޯރަމުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށް އަންގައިދިނުމާއި ފޯރަމްގެ ތެރެއިން ދޭދޭ ޤައުމުތަކާއި، ރާއްޖޭގެ ތަރައްޤީގެ މައި ޕާޓްނަރުންނާއެކު ދެމެހެއްޓެނެވިގޮތެއްގައި ގުޅުން ޤާއިމުވެގެން ދިޔުމެވެ.

ޕާރޓްނަރޝިޕް ފޯރަމްގައި ބޭރުގެ ބައެއް ގައުމުތަކުގެ އިއްޒަތްތެރިވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ޖަޕާނުގެ ބޮޑުވަޒީރުގެ ޙާއްސަ މުޝީރާއި، އދ. އެސިސްޓެންޓް ސެކްރެޓްރީ ޖެނެރަލާއި، ސާރބިއާގެ މިނިސްޓަރ އޮފް ލޭބަރ އަދި ޔޫ.އޭ.އީގެ އެސިސްޓެންޓް މިނިސްޓަރ ހިމެނެއެވެ.

މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު ފޯރަމްގެ ތެރޭގައި ކުރިއަށްއޮތް 5 އަހަރަށް ސަރުކާރުން އެކުލަވާލާ ތަރައްޤީގެ ޕްލޭން ބައިވެރިންނާއި ހިއްސާކުރާނެއެވެ.

ޕާރޓްނަރޝިޕްގައި އެންމެ ފާހަގަކޮށްލެވޭ 10 މަޝްރޫއު

  • އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް
  • ގްރޭޓަރ މާލޭ ސަރަހައްދު ގުޅާލުން
  • ފެނާއި ނަރުދަމާގެ މަޝްރޫއު
  • ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުން
  • އެއްދަންފަޅިއަށް ސްކޫލުތަކުގެ ކިޔެވުން ބަދަލުކުރުން
  •  އުތުރު ސަރަހައްދުގައި ޖަލެއް އެޅުން
  • ކަލްޗަރ އިންސްޓިޓިއުޝަންތައް އެޅުން
  • ހުވަދު އަތޮޅުގައި ވޭސްޓް މެނޭޖުމެންޓް  ސެންޓަރެއް ޤާއިމް ކުރުން
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުން
  • ތިމާވެއްޓާއި ރަށްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުން

މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މައިގަނޑު ޝިޢާރަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއަށް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *