މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށީ، ބްރިޖަކުން ގުޅާލުމަށް 7.6 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދަ ސަރުކާރުން ނިންމައިފިއެވެ.
މާދަމާ ކުރުނބާ މޯލްޑިވްސްގައި ބާއްވާ، މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގައި، އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅަން ވަނީ ނިންމައިފައެވެ.
އަދި އެ މަޝްރޫއުގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރުވެސް ތިލަފުއްޓަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.
ޕާޓްނަޝިޕްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، މާލެ ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުން، ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޕާޓްނާޝިޕް ފޯރަމްގައި 30 ގައުމުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް މާލީ އިދާރާތައް ވެސް ހިމެނެއެވެ.