ހަތަރު ގައުމެއްގެ ސަފީރުން މަގާމުގެ ފަތްކޮޅު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފިއެވެ.

ނިއުޒިލެންޑާއި، އޮސްޓްރޭލި، މޯލްޓާ އަދި ބަހްރެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވީ މިޒް ޖޮއާން ޓިންޑޯލެވެ. އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައެޅުއްވީ ސަފީރު ޑޭވިޑް ޖޮން އެވެ. މޯލްޓާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ސްޓެފަން ބޯގެވެ. ބަހްރެއިނުން ރާއްޖެއަށް ކަނޑައެޅުއްވީ އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު އެވެ.

މި ހަތަރު ޤައުމުގެ ސަފީރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައި އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. އަދި، އެބޭފުޅުން ވަނީ ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިތުރަށް ބަދަހި ކުރެއްވުމަށް ޝައުޤުވެރިވާކަން ހާމަ ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *