މި އަހަރުގެ ދައުލަތުގެ ބަޖެޓުން ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ލިބެންޖެހޭ 9.2 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ޖަމާކޮށްދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީން ވަނީ އިލެކްޝަންސް ކޮމިޝަނުން އެދުނު ފަދައިން، ޕީޕީއެމަށް 9.2 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ނުވަ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރު ބަޖެޓް ފާސް ކުރި އިރު، 10،000 މީހުން ހަމަވެފައި ވަނީ ހަތަރު ސިޔާސީ ޕާޓީ އަކަށެވެ.
މެމްބަރުން ތިބި އަދަދަށް ބަލައި މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ. އެ ޕާޓީ އަށް 12 މިލިއަން ރުފިޔާ ލިބުނުއިރު ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާއެވެ.