މިނިސްޓަރ އޮފް ޑިފެންސް އަލްޢުސްތާޛާ މާރިއާ އަހުމަދު ދީދީ، ވަނީ ރަޝިއާގައި ބާއްވާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގ އޮފް ހައި އޮފިޝަލްސް ރެސްޕޮންސިބިލިޓީ ފޯރ ސެކުރިޓީމެޝާސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރަޝިޔާއަށް ފުރައި ވަޑައިގެން ފައެވެ.
ރަޝިޔާގެ ސަލާމަތީ މަޖިލީހުން އިންތިޒާމުކޮއް ކުރިއަށް ގެންދާ މިބައްދަލްމުމަކީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ބެހޭ އެންމެ މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި ބާއްވާ ބައްދަލުވެމެކެވެ.
މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ އުތުރުގެ ރަށެއްކަމުގައިވާ އޫފާގައެވެ. އަދި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދހުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިއަލަށެވެ.
ރަޝިއާގެ ސަލާމަތީމަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕެޓްރޫޝޭވްގެ ދައުވަތަކަށް މިނިސްޓަރު މާރިއާ ކުރައްވާ މިރަސްމީ ދަތުރުރުފުޅުގައި، އެގައުމުގެ ދިފާއީ ވަޒީރާއި އެކަމަނާ ބައްދަލުކުރައްވަންވެސް ވަނީ ހަމަޖެހިފައިކަމަށް ޑިފެންސް މިނިސްޓްރީގެ ޓުވީޓުގައި ބަޔާން ކޮއްފައިވެއެވެ.