70 ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް މިއަހަރުގެ ނިމުމުގެ ކުރިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، އެ މިނިސްޓްރީން މަސައްކަތް ކުރަމުންގެންދަނީ، މިއަހަރު ނިމުމުގެ ކުރިން 70 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ޓެންޑްރިން ޕްރޮސެސް ތެރޭގައި މިހާރު ވެސް ގާތްގަނޑަކަށް 20 އެންބިއުލެންސެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. 

ހެލްތް މިނިސްޓަރު އިތުރަށް ވިދާޅުވީ، ސީ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި އަދި، ރާއްޖެއަށް ޒަމާނީ އެންމެ ފަހުގެ 25 ސީއެމްބިއުލާންސް ބޭނުންވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *