ދަރުމަވަންތަ ސުކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީ ކޮށްފިއެވެ.
އެޑިއުކޭޝަން މިނސްޓްރީން ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ނިންމީ، ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް އެކިކަހަލަ ބަލިތައް ޖެހެމުންދާތީއާއި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ.
ދަރުމަވަންތަ ސުކޫލުގެ ހުރިހާ ކްލާސް ރޫމެއްގައި އޭސީ ހަރުކުރުމަށް ދައުލަތުގެ ބަޖެޓުން ވަނީ، އެއް މިލިޔަނަށްވުރެ ގިނަ ރުފުޔާ ހޭދަކޮށްފައެވެ.
ސަރުކާރުން، ދަރުމަވަންތަ ސުކޫލުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފެށީ، މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހެވެ.
ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކުލާސްރޫމެއްގައި އޭސީ ހަރުކޮށް ނިމިފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ މިއަދު ވަނީ ދަރުމަވަންތައަށް ވަޑައިގެން އެސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުންނާ ބައްދަލުކުރައްވާފައެވެ.