ރާއްޖޭގެ ފަސް ސަރަހައްދެއްގައި ވަކި ސްޕެޝިއަލައިޒްޑް، ފަސް ހޮސްޕިޓަލު ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ، ހެލްތް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ސިއްހީ ޚިދުމަތްތައް އެއް ތަނަކަށް ތޮއްޖެހިފައި އޮންނަ އޮތުން ބަދަލު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރަން ދެ ފިޔަވައްސަކަށް ބަހާލައި 10 ހޮސްޕިޓަލެއް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު އަތޮޅު ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.

 މިނިސްޓަރު ވިދާޅުވީ އެ ފަސް ހޮސްޕިޓަލް ތަރައްގީ ކުރާއިރު، އެ ސަރަހައްދަކަށް ބޭނުންވާ ސިއްހީ ހުރިހާ ހިދުމަތެއް އެތަންތަނުން ލިބޭ ވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *