އަންނަ މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ހަދަން މިހާރު ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، މިމަސް ނިމުމުން ރަނގަޅު އެޕްލިކޭޝަނެއް ހިޔާރު ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ލިބިފައިވެއެވެ. 

ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ، އެ މިނިސްޓްރީން މިހާރު ވަނީ، ޓެކްސީ މީޓަރުގެ އަގުތައް ވެސް ކަނޑައަޅައިފައި ކަމަށެވެ. ރޯދައިގެ ފަހުން އަގުތައް އިއުލާނުކުރާނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް ހިދާޔާ ވިދާޅުވީ އެޕްލިކޭޝަންގެ މައުލޫމާތުތަކާއެކު އަގުތައް އިއުލާނުކުރާނީ އަންނަ މަހު ކަމަށެވެ.

ޓެކްސީ މީޓަރުގެ ގޮތުގައި މޯބައިލް އެޕްލިކޭޝަނެއް ބޭނުން ކުރަން ހަމަޖެހިފައިވާއިރު، މިހާރު ވެސް ރާއްޖޭގައި ޓެކްސީ ކުރަން ބައެއް ފަރާތްތަކުން އެޕްލިކޭޝަން ބޭނުން ކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *