ބޮލީވުޑްގެ ކުޅަދާނަ ދެ ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރު އަދި ކަރިޝްމާ ކަޕޫރު ލަންޑަންގައި އެ ދެ ތަރިންގެ އާއިލާއި އެކު ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ކަރީނާ ކަޕޫރް އަދި ކަރިޝްމާ ކަޕޫރް އަކީ އެއްބަނޑު އެއްބަފައި ދެބެންނެއެވެ.
އެދެ ތަރިން ލަންޑަންގައި ޗުއްޓީ ހޭދަކުރަމުންދަނީ އެމީހުންގެ ދަރިންނާއިއެކު އެވެ. ކަރީނާ ކަޕޫރު ލަންޑަންގައި ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ ދަރިން އަދި ފިރިމީހާ ސައިފް އަލީ ހާން އާއިވެސް އެކީއެވެ.
އެ ތަރިން އާއިލާއާއިއެކު ލަންޑަންގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ކަރިޝްމާ އިންސްޓަގްރާމުގައި ހިއްސާ ކުރި ފޮޓޯއިން، އޭނާގެ ދެ ދަރިން ކަމަށްވާ، ސަމައިރާ ކަޕޫރް އަދި ކިއާން ރާޖް ކަޕޫރް އަދި ކަރީނާއާއި އޭނާގެ ދަތި ތައިމޫރް ފެނިގެންދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރީނާ ކަޕޫރް ލަންޑަން ދިޔައީ، ކުރިއަށް އޮތް އޭނާގެ ފިލްމުގެ ޝޫޓިންތަކަށެވެ. ނަމަވެސް ޝޫޓިންތައް ފެށުމުގެ ކުރިން އޭނާ އާއިލާއާއި އެކު ކުޑަކޮށް މަޖާ ކޮށްލާ ޗުއްޓީ ހޭދަކޮށްލަނީއެވެ.