ރާއްޖޭގެ ސިއްހީ ދާއިރާއަށް 20 އަހަރު ހިދުމަތްކޮށްދީފައިވާ ޑރ. ފަރުޒާނާ ޚާތޫން އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ރޯދަ މަހުން ފެށިގެން ކޯމާއެއްގައި އޮންނެވުމަށް ފަހު، ޑރ ފަރުޒާނާ ރޭ އަވަހާރަވެފައިވަނީ އިނގިރޭސިވިލާތުގައެވެ.

ޑރ.ފަރުޒާނާ އަކީ ޕާކިސްތާނަށް އުފަންވެވަޑައިގެންނެވި ކަނބަލެކެވެ. ޑރ. ފަރުޒާނާ އަކީ މީގެ 15 އަހަރު ކުރިން، އަވަހާރަވި، ކަރުންމަތީގެ މަޝްހޫރު ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުންނެވެ.

ޑރ. ފަރުޒާނާ ރޭ އަވާހަރަވިއިރު، ދުނިޔޭގައި ދެބޭފުޅުން އެބަ ތިއްބެވެ. 

ގިނަ ބަޔަކު ފަރުޒާނާ ފާހަގަކުރަނީ ބަލި މީހުންނަށް އަޅާލާ، ޚާއްސަކޮށް ކުޑަކުދިންނަށް އޯގާތެރި، ޚިދުމަތް ދެއްވުމުގައި ތަފާތު ނުކުރައްވާ ޑޮކްޓަރެއްގެ ގޮތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *