ހުޅުމާލެއިން މާލެއަށް ދުއްވާފައިދިޔަ ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފަޅައިގެންދިޔުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެންގޮސް، ހައިވޭގައި ހުރި ފެންސްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް، ކޮންޓްރޯލު ނުވެ ހައިވޭގައި ހުރި ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން އެކަމުގެ މައުލޫމާތު ރޭ 2:14 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެެއް ނުވާ ކަމަށެވެ. އެކްސިޑެންޓްވި ޕިކަޕް ދުއްވަން އިން މީހަކީ ލައިސެންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *