އިމްޕަލްސް ބްރޭންޑުގެ އާލާތްތަކާއި އެކު މެޓްރޯފްލެކްސްއިން ކަސްޓަމަރުން ހެއްވާލައިފިއެވެ.

ރާއްޖޭގެ އެންމެ ނަން މަޝްހޫރު ޖިމް ކަމަށްވާ މެޓްރޯފްލެކްސްގެ ޑައިރެކްޓަރު އަހުމަދު ފާރިހު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖިމްގައި ބޭނުންކުރަމުން އަންނަ އާލާތްތައް އިތުރުކޮށް މުޅިތަން އަޕްގްރޭޑް ކުރަން ޖެހުނީ ކަސްޓަމަރުންގެ އެދުމުގެ ގޮތުން ކަމަށާއި، އެ ޖިމަކީ އަބަދުވެސް ކަސްޓަމަރުންގެ އަޑު އަހާ, ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރަމުން އަންނަ ޖިމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް ކަސްޓަމަރުންގެ އަޑު އަހާ ބައެއް. މިތަނުން ހިދުމަތް ހޯދާ ކޮންމެ ކަސްޓަމަރެއްގެ ކަންބޮޑުވުން އަޅުގަނޑުމެން ކޮންސިޑާ ކުރަން. އެހެންވެ މިބަދަލު މިތަނަށް މިއަދު މިގެނެވުނީ" ފާރިހު ވިދާޅުވިއެވެ.

މެޓްރޯފްލެކްސް އަށް އަލަށް ގެނެވުނު އިމްޕަލްސް ބްރޭންޑްގެ އާލާތްތައް:

  • މެޝިން ފޯރ ރިއަރ ޑެލްޓޮއިޑް މަސަލްސް
  • މެޝިން ފޯރ ޕެކްޓޯރަލިސް މޭޖޯ މަސަލްސް
  • މެޝިން ފޯރ ލަޓިސިމަސް ޑޯސީ މަސަލްސް
  • މެޝިން ފޯރ ޓްރިކެޕް ބްރަޗީ މަސަލްސް
  • މެޝިން ފޯރ ކުއާޑްރިކެޕް މަސަލްސް
  • މެޝިން ފޯރ ގަލްޓް އެންޑް ހަމްސްޓްރިންގ މަސަލްސް
  • މެޝިން ފޯރ ލޮވަރ ބެކް މަސަލްސް

މެޓްރޯފެލެކްސްއަށް އަލަށް ގެނެވުނު އާލާތްތަކަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަަށްވާ އިމްޕަލްސް ބްރޭންޑްގެ ޕްރިމިއަމްފިޓްނެސްގެ އާލާތްތަކެކެވެ.

މެޓްރޯފްލެކްސް އިން މައުލޫމާތު ދިން ގޮތުގައި އަލަށް ގެނެވުނު ބަދަލާއި، އާލާތްތަކާއި އެކު، ތަނުގެ މާހައުލު ވަރަށް ތަފާތުވެގެންދާނެއެވެ. އަދި އަލަށް ގެނައި އާލާތްތަކަށް ޖިމްގެ ހިދުމަތް ހޯދާ ފަރާތްތައް އަހުލުވެރިކުރުވުމަށް އަބަދުވެސް ފިޓްނެސް އިންސްޓްރަކްޓަރުން ހަރަކާތްތެރިވަމުން އަންނާނެ މެޓްރޯފްލެކްސްގެ ޑައިރެކްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޑައިރެކްޓަރ ފާރިހު ވިދާޅުވީ، ޖިމްގައި ބޭނުންކުރާ އާލާތްތައް އިތުރުވިޔަސް ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެ ކަމަށެވެ.

މެޓްރޯފްލެކްސް އުފެދިފައިވަނީ ވަނީ މީގެ ތިން އަހަރު ކުރިންނެވެ. ހުރިހާ އުމުރު ފުރާއަކަށް ވެސް ހުޅުވާލެވިގެން ޚިދުމަތް ދެމުން އަންނަ މެޓްރޯފްލެކްސް، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 22:30 އަށް ހުޅުވާފައި ހުންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *