މި ފެށޭ ހަފުތާ ނިމެންވާއިރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް އިތުރު ބާރުތައް ލިބިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އުފެއްދެވި އެއް ރިޔާސީ ކޮމިޝަނަކީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އެމަނިކުފާނު އުފެއްދެވި ކޮމިޝަނެކެވެ. އަނެއް ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން އުފެއްދެވި ކޮމިޝަނެކެވެ.

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުތައް ދޭ ބިލު އާ މަޖިލީހަށް އަލުން ހުށަހެޅި، މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށާއި ފެށޭ ހަފުތާގެ ތެރޭގައި އަނބުރާ މަޖިލީހުގެ ތަޅުމަށް އައިސް އެ ބިލް ފާސްވެގެންދާނެ ކަމަށެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ، އެ ކޮމިޝަނުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ.

އެގޮތުން މިހާރު ބޭސްފަރުވާއަށް އިންޑިއާގައި ހުންނެވި އަދީބާއި ސުވާލުކޮށްފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި. ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *