މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ހަތަރު ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 14:20 ކަންހާއިރު، ކޮއިމަލާ ހިނގުމުގައި ހަދަމުންދިޔަ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން 10 ވަރަކަށް ފޫޓުގެ ދަގަނޑު ހޮޅިއެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތަރު ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، މި ހާދިސާގެ މައުލޫމާތު ހައުސިންގެ އިތުރުން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.