ކޮޅުމަޑުލު ބުރުންޏަށް މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިސްމާއިލް އުސްމާން ވިދާޅުވީ، އުދަ އަރާފައިވަނީ އެންމެ ބޮޑަށް ދިޔަވަރު ބޮޑުވި ގަޑީގައި ކަމަށެވެ.
އަދި ރަށުގެ އެއްގަމުން 100 ފޫޓަށް އުދަ އަރާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"ބަނދަރާއި ދިމާ އުތުރުން އުދަ މިއެެރީ. މީ ފަހުގެ ތާރީހެއްގައި މިރަަށް އެންމެ ބޮޑަށް އުދައެރި ފަހަރު. އެއްގަމުން 100 ފޫޓަށް އުދަ އަރާފައި އެބަހުރި" އުސްމާން ވިދާޅުވިއެވެ.
ބުރުންޏަށް މިއަދު އެރި އުދައިގައި އެއްވެސް މީހަކަށް އަދި އެއްވެސް މުދަލަކަށް ގެއްލުމެއް ވެފައެެއްް ނުވެއެވެ.
ބުރުންޏަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ދިޔަވަރުބޮޑުވާ ގަޑިތަކުގައި ދަނީ އުދަ އަރަމުންނެވެ.