ފުލުހުންގެ ބެލުމުގެ ދަށުގައި ހުކްމު ތަންފީޒު ކުރަމުންދިޔަ ގައިދީއަކު، ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގައިދީ މަރުވީ، ހާލުދެރަވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ، އުމުރުން 92 އަހަރުގެ މީހެކެވެ. އެމީހާ މަރުވެފައިވަނީ މިއަދު މެންދުރު ގަޑިން، 11:30 ހާއިރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާގެ ނަމަކީ ރެކިފުތާއެވެ. އެއީ ދ. ގައްދޫ މީހެކެވެ.

އެމީހާ މާލޭ ޖަލުގައި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަނީ، ބަދުއަހުލާގީ މައްސަލައެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *