މުރަކަ އާލާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުން ފަށައިފި އެވެ.
"އެޑަޕްޓް އަ ކޮރަލް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގާމުގައި، ރިސޯޓަށް ދާ ކޮންމެ ފަތުރުވެރިއަކަށް މުރަކައެއް އެޑަޕްޓް ކުރެވޭނެ އެވެ.
ވިއްމުލި އަދި ކަނޑު އަޑީގައި ހަދާފައިވާ ފްރޭމެއްގައި އެ މީހަކު އެޑަޕްޓް ކުރާ މުރަކަ އިންދުމުގެ ފުރުސަތު ހުރިހާ ޓޫރިސްޓުންނަށް ވެސް ލިބޭނެ ކަމަށް ވޮއްމުލި ރިސޯޓުން ބުނެ އެވެ.
މި ފްރޭމުގައި އިންދާ މުރަކަތައް ފަރުތަކަށް ބަދަލުކުރުމުގެ ކުރިން ކޮންމެ ހަތަރު މަހަކުން އެއް ފަހަރު އެ މުރަކަތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ފަތުރުވެރިންނާއި ހިއްސާކުރާނެއެވެ. މުރަކަތައް ފަރުތަކަށް ބަދަލު ކުރާނީ 18 މަސް ދުވަސް ފަހުން ކަމުގައި ވޮއްމުލި ރިސޯޓުން ބުނެއެވެ.
މި ޕްރޮގްރާމް މި ފެށީ ރާއްޖޭގެ ފަރުތައް ހަލާކުވަމުން ދިއުމާ ގުޅިގެން ފަރުތައް ހިމާޔަތް ކުރުމަށެވެ.