ގަވާއިދާ ޚިލާފު ވެގެން، ފުލުހުން މިހާތަނަށް ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 79 އުޅަނދެއް މިއަދު ނައްތާލައިފި އެވެ.

ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، އުޅަނދުތައް ނައްތާލަނީ 60 ދުވަހުގެ މުއްދަތެއް ދިނުމުން ވެސް އެ އުޅަނދުތަކާއި  ހަވާލުވާނެ ބަޔަކު ނުވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއަދު ނައްތާލީ 64 ސައިކަލާއި ހަތަރު ފުރޮޅުލީ 10 އުޅަނދާއި ފަސް ބައިސިކަލެވެ. އަދި އޭގެ ތެރޭގައި ގިނައީ ޕާކިން ޒޯނުތަކުގައި ބަހައްޓާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދުތައް ކަމަށް ސަމީރު ވިދާޅުވި އެވެ.

އުޅަނދުތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދީފައި ވަނީ، އެތަކެތި ޓޯކުރިތާ 60 ދުވަސް ފަހުން ނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *